ދާންދޫ

ދާންދޫ މާރާމާރީ: ނުވަ މީހަކު ހައްޔަރުކޮށްފި

ގއ. ދާންދޫގައި ދެ ބައެއްގެ ދެމެދު ރޭ ހިނގި މާރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ދާންދޫ މާރާމާރީގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ މައުލޫމާތު ލިބުނީ ރޭ 11ގެ ފަހުން ކަމަށެވެ. މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ. އަދި އެކަކަށް ގއ. ވިލިގިލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ރޭގެ މާރާމާރީއާ ގުޅިގެން މިރޭ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

މާރާމާރީ ހިންގަން މެދުވެރިވީ ސަބަބެއްވެސް އެނގިފައެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.