ދުވާފަރު

ދުވާފަރު މަގު ހެދުމުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރު ކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.