ޒަކާތް

ޒަކާތް ބެހުން މާދަމާ، ބޮލަކަށް 2،000

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މާދަމާއިން ފެށިގެން މުދަލު ޒަކާތުގެ ފައިސާ ޖަމާކުރަމުން ގެންދާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި 1442 ވަނަ އަހަރު ރިވިއުކުރި ލިސްޓްގައި 11،514 މީހުން ހިމެނޭ ކަމަށެވެ. އެ މީހުންނަށް ބަހަން ހަމަޖެހިފައިވަނީ ބޮލަކަށް 2،000 ރުފިޔާ އެވެ.

"މާދަމާއިން ފެށިގެން މުދަލު ޒަކާތުގެ ފައިސާ އެ މީހުންގެ އެކައުންޓްތަކަށް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ޒަކާތު ފައިސާ އެކައުންޓްތަކަށް ޖަމާކުރާ ގޮތަށް ހަމަޖެއްސީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.