ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެންޑީއެފް

ކައްދޫން ސިފައިންގެ 25 މީހަކު ޕޮޒިޓިވް

ކައްދޫ ވައިގެ ބަނދަރު މިލިޓަރީ ވައިގެ ބަދަރަކަށް ބަދަލު ކުރި ރަސްމިއްޔާާތު
0%
0%
100%

ލ. ކައްދޫގައި ތިބި ސިފައިންގެ ތެރެއިން 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ ޓްރޭނިންތަކެއްގައި ކައްދުއަށް ގޮސްތިބި ސިފައިންގެ ބައެކެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ކަރަންޓީންގެ މުއްދަތުގައި ތިބީ ކައްދޫގެ ވަލުތެރޭގަ އެވެ. ސިފައިންގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށް ނެގި ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބުމުންނެވެ. އަދިވެސް ނަތީޖާ ނުލިބޭ ބައެއް ސާމްޕަލް ވެއެވެ. އެހެން ކަމުން އެ އަދަދު އިތުރު ވެދާނެ އެވެ.

ސިފައިންގެ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއާއި އެމްއެންޑީއެފް ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ކުރިން ގިރިފުށީގައި ތިބި ގިނަ އަދަދެއްގެ ސިފައިންވެސް ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށުގައި ކުރިއަށްދިޔަ ޓްރޭނިންތައް މެެދުކަނޑާލަން ޖެހުނެވެ.

ކައްދޫން ސިފައިންގެ ބަޔަކު ޕޮޒިޓިވް ވި އިރު މަދަނީ ހިދުމަތަށް ވެސް ބޭނުން ކުރާ މިލިޓަރީ އެ އެއާ ޕޯޓްގައި އިންޑިއާ ސިފައިން ވެސް ތިބެ އެވެ. އަދި ތަމްރީނު ހެދުމުގެ ނަމުގައި ވެސް އިންޑިއާ ސިފައިން ދެ އެވެ. އެކަމަކު ޕޮޒިޓިވް ވި މީހުންގެ ތެރޭ އިންޑިއާ ސިފައިންގެ މީހަކު ހުރި ކަމެއް ނޭނގެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކާސިމްޖި

ތީ އާކަމެއްނޫމް ސަރުކާރުމް ރާވައިގެން ހިންގާ ޖަރީމާއެއްތީ ތި މީހުން ތިބެނީ ވަލަކުނޫމް ކަނޑުގަ އެމްއެންޑީއެގް ގަ ތިބީ އެތަނުގަ އުޅޭ އެންމެންނާވެސް ކޮންޓްރެކްޓް ވާނެ އެމިހުން އެމަިހުން އެމީހުންގެ އަނބިދަރީން ކައިރިޔްށްވެސް އައިސްގޮސްވާނެ ރަނގަޅަށްވެއްޖިއްޔާ އެ ދަރިމްނާއި އަނބިންވެސް ނުވާނެކަމެއް ނޭންގެ ގަތުރާލީ ފަތުރާލީ އެ އަތޮޅުގައި ނެތީމާ ފަތުރާލީ މާރިޔާ އިސްތިއުގާ ދީފައި ގެޔަށް ބަޑައިގަންނަވާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345