ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަސްދުވަސް ފަހުން ހޯނޑެއްދޫ އާންމު ހާލަތަށް

އެއްމަސް ދުވަސް ފަހުން ގދ. ހޯނޑެއްދޫ މޮނިޓަރުން ހާލަތުން އާންމު ހާލަތަށް ގެނެސްފި އެވެ.

ހޯނޑެއްދޫން ރޭންޑަމް ކޮށް ނެގި ސާމްޕަލްތަކެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރި 44 މީހަކު ވަނީ މި ބަލި ޖެހިފަ އެވެ. ނަމަވެސް މިހާރު އެ އެންމެން ވެސް ބަލިން ރަނގަޅު ވެފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހޯނޑެއްދޫގެ މޮނިޓަރިން ހާލަތު އުވާލީ މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓާނެ ސަބަބެއް މިހާރު އެ ރަށުގައި ނެތުމުން ކަމަށެވެ.

ހޯނޑެއްދޫން ގިނަ ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށާއި ކޯޒްވޭ އަކުން ގުޅުވާލާފައިވާ މަޑާވެލިވެސް މޮނިޓަރިން އަށް ލިއެވެ. ނަމަވެސް އެރަށުން ނެގި ހުރިހާ ސާމްޕަލްއެއް ނެގެޓިވް ވުމުން 18 ދުވަހަށް ފަހު ވަނީ މޮނިޓަރިން އުވާލާފަ އެވެ.

ހޯނޑެއްދޫއަށް ބަލި ފެތުރުނީ ކިހިނެތް ކަން އަދި މިހާތަނަށް ހޯދިފައި ނުވާއިރު ލަފާ ކުރެވިފައި ވަނީ ކަރަންޓީނަށް ދިޔަ ބަޔަކު އުސޫލާއި ހިލާފު ވުމުން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެއެވެ.