ސިވިލްސާވިސް ކޮމިޝަން

އެޖެންޓް ގަވައިދާ ގުޅިގެން ފަޔާޒްގެ މައްސަލަ ބަލަނީ

Oct 4, 2020
1

ޝިޕިން އެޖެންޓުންގެ ގަވައިދާ ގުޅޭ މައްސަަލައެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް އަބްދުﷲ ފަޔާޒްގެ މައްސަލައެއް ބަލަން ފަަށައި އޭނާގެ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އެ ގަވައިދާ ގުޅޭ އޭނާގެ މައްސަލައެއް ފެންމަތި ވެގެން އޭނާ ސަސްޕެންޑް ކުރި އިރު އެ ގަވައިދު އުވާލައިގެން 70 އަށް ވުރެ ގިނަ ވިޔަފާރިވެރިން ހިމެނޭ ގޮތަށް މިނިސްޓަރު އައިޝަތު ނަހުލާއާ ދެކޮޅަށް އޭސީސީއަށް ވަނީ މައްސަލައެއް ލާފަ އެވެ.

ފަޔާޒުގެ ސަސްޕެންޝަނާ ބެހޭ ގޮތުން ސީއެސްސީން ބުނީ އޭނާއާ ގުޅޭ ޝަކުވާތަކެއް ތަހުގީގު ކުރަން ކަމަށެވެ. އަދި ސަސްޕެންޝަންގައި ހުންނަވާއިރު މުސާރަ ވެސް ހިނގާނެ ކަމަށެވެ.

ފަޔާޒް ސަސްޕެންޑް ކުރި އިރު ޓޫރިޒަމްފެ ޕީއެސް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.