ރަންނާޅި ރިސޯޓުގައި ކަރަންޓްގައި ޖެހިގެން މީހަކު މަރުވެއްޖެ އެވެ.
އަދާރަން ރަންނާޅީގައި މީހަކު މަރުވީ އިއްޔެ އިރު އޮއްސުނު ވަގުތު އެވެ. މަރުވީ ސްރީލަންކާގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާ ކަރަންޓު ޖެހުނު އެ ހާދިސާ ހިނގުމުން މާ ފުށީ ހެލްތު ސެންޓަރަށް އެ މީހާ ގެންދިޔަ ކަމަށެވެ. އަދި މަރުގެ މި ހާދިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމުގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ކަރަންޓްގައި ޖެހިގެން މީހުން މަރުވުމަކީ ކުރީން ރާއްޖޭގައި ގިނަ ކަމެކެވެ. ނަމަވެސް މިހާރު އެއީ އާންމު ކަމެއް ނޫނެވެ.