ސަފާރީ އައިލެންޑް ރިސޯޓް

ޑައިވިނަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

Nov 20, 2019

ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޓޫރިސްޓަކު ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭ މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ އއ. ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން އައިސް ހުރި ޖަރުމަނުގެ ޓޫރިސްޓެކެވެ.

ފުލުހުން ބުނީ މިއަދު ޑައިވިނަށް ދިޔަ އެ މިހާއާ ގުޅޭ މައުލޫމާތު މެންދުރު ފަހު 3:25 ގައި ލިބުނު ކަމަށާއި އޭނާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހުވެސް ޓޫރިސްޓަކު ރާއްޖޭގައި މަރުވި އެވެ. ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަ ކުރި އިނގިރޭސި އަންހެން މީހާ މަރުވީ ގެނބިގެނެވެ.