މަރު

ވޮއްމުލިން ސްނޯކަލިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

Sep 4, 2019

ރިސޯޓަކުން ސްނޯކަލިންއަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ދ. އަތޮޅު ވޮއްމުލި ރިސޯޓުން ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ އެމެރިކާގެ ފިރިހެނެއް ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރެއްހާއިރު ކަމަށެވެ.

އުމުރުން 43 އަހަރުގެ އެ މީހާގެ މަރާބެހޭ ގޮތުން ތަހުގީގެއް ކުރަމުން އަން ކަމަށް ވެސް ފުލުހުން މިރޭ ބުންޏެވެ.