ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފިލްމީތަރި ޔުނާންގެ ދެމަފިރިންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ކޯޓުން ޖަހައިދީފި އެވެ.
މި ދެމަފިރިން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ. އިއްޔެ ހެނދުނުން ފެށިގެން އޭނާ ދަނީ އޭނާގެ ކޮއްކޮ ޔުނާން އާއި ރިހުލާ ހައްޔަރު ކުރަން ގޮވާލަމުންނެވެ. އަދި އެ ދެ މީހުންނަށް ދުވަަހަކު ވެސް މައާފު ނުކުރާނެ ކަމަށް އޭނާ ކުރި ޕޯސްޓްތަކެއްގައި ބުނެފައި ވެއެވެ. އެ ޕޯސްޓްތައް ޝެއާކޮށް ވަރަށް ގިނަ ބަޔަކު ދަނީ ފޭސްބުކާއި ޓްވިޓާގައި އެ ދެމަފިރިން ހައްޔަރުކޮށް ތުހުމަތުތައް ބެލުމަށް ގޮވާލަމުންނެވެ.