ވިޔަފާރި

ވިޔަފާރި ބަނދަރުގައި ނުގެންގޮސްހުރި މުދާތަކެއް ނީލަމަށް

Oct 6, 2020

މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި ގިނަ އަދަދެއްގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިލަމަށް ލައިފި އެވެ.

އެމްޕީއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ރާއްޖެ އަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ. މި މުދާތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ސާމާނާއި އެނާޖީ ޑްރިންކް އަދި ކާރު ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މި މުދާތައް ބެލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ ވާ އަންގާރަ ދުވަހުގެ 16:30 ގަ އެވެ. އަދި މުދާ ބަލަން ނަން ނޯޓް ކުރަން ދާއިރު، ފަސް ގަޑިއިރު ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު ފުރިހަމަ ކުރަންވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ނީލަމުގައި ބައިވެރިވެވޭނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ 14:00 ކުރިން ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތް ތަކަށެވެ. އެޑްވާން ދައްކަން ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކް ތަކަށެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި ނީލަން ކިޔުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ދުވަހު 14:00 ން ފެށިގެން
އެ ކުންފުނީގެ ހެޑް އޮފީސް ގެ ބަނދަރު މާލަމުގައި ކަމަށެވެ.

މާލެ ވިޔަފާރި ބަނދަރުގައި ހުރި މުދާތައް ގެންދަން މީގެ ކުރިން ވެސް އެމްޕީއެލް އިން ވަނީ އެދިފަ އެވެ.