ހަބަރު

މޯލްޑިވިއަނުން ޑާކާއަށް ކުރާ ދަތުރު އިތުރުކޮށްފި

ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އިތުރު ކޮށްފި އެވެ.

މޯލްޑިވިއަނުން ބުނީ މިހާރު ހަފުތާއަކު ތިން ދުވަހު ރާއްޖެއިން ޑާކާއަށް ސީދާ ދަތުރު އޮންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއަކު އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން މޯލްޑިވިއަނުން ޑާކާ އަށް ސީދާ ފްލައިޓް ބާއްވަމުން ގެންދިޔައީ ހަފްތާއަކު އެއް ދުވަހު އެވެ.

ފުރާ މީހުން ޗެކިން ވުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓު ކޮށް އޭގެ ނަތީޖާ ހުށަހަޅަންޖެހެ އެވެ. އަދި ރާއްޖެއިން ފުރާ ފަރާތްތަށް ފުރުމުގެ ކުރިންނާއި ޑާކާއިން އެނބުރި އަންނަ ފަރާތްތަކުން 24 ގަޑިއިރު ތެރޭ އިމިގްރޭޝަންގެ "އިމުގާ" ވެބްސައިޓުގައި ރެޖިސްޓްރީ ވާން ޖެހޭނެ އެވެ.

މޯލްޑިވިއަނުން ޑާކާ އަށް ދިޔުމުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 433 ޑޮލަރެވެ. ފަސިންޖަރަކަށް އުފުލޭނީ 30 ކިލޯގެ ލަގެޖެވެ.


މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރާ ދަތުރުތައް އިތުރު ކޮށްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާޢްޖޭގައި ތިބި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުންނާއި އަދި އެހެން ގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަ،ުންދާ ދަނޑިވަޅެއްގަ އެވެ. އެ މީހުން އުފުލަނީ މޯލްޑިވިއަނުންނެވެ.