ރ. އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީއާ ހަވާލު ކޮށްފައި ވަނީ 44.8 މިލިއަން ރުފިޔާއަށް ޖުމްލަ 365 ދުވަސް ތެރޭ މަސައްކަތް ނިންމުމަށެވެ.
މި މަޝްރޫއުގެ މަސައްކަތްތައް
- 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުން
- 166 މީޓަރު ރިވެޓްމަންޓު ޖެހުން
- 91.44 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- ދެ ނެރުނު ބައްތި އާއި 12 ބަނދަރު ބައްތި ޖެހުން
- 1110 ސްކޮޔާ މީޓަރު ޕޭމަންޓު
- ބަނދަރު ފުން ކުރުން 42،000 ކިއުބިކް މީޓަރަށް
- 5 މޫރިން ބްލޮކްސް
- ނެރު ފުންކުރުން 615 ކިއުބިކް މީޓަރަށް
މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.