ޗައިނާ ފަތުރުވެރިންނަށް އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.
ޗައިނާ ފަތުރުވެރިންނަށް އެންމެ މަގުބޫލް މަންޒިލަކަށް ރާއްޖެ ހޮވިފައިވަނީ އެ ގައުމުގައި ބޭއްވި އިންޓަނޭޝަނަލް ޓޫރިޒަމް ކޮންފަރަނަސްގައި، އެންމެ މަގުބޫލު 20 މަންޒިލުގެ ލިސްޓުގައި ހިމެނިގެންނެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އިން ބުނި ގޮތުގައި އެންމެ މަގުބޫލް ޖަޒީރާ މަންޒިލު ހޮވަން މިއަހަރު ޖޫން މަހު ވޯޓު ލުމަށް ހުޅުވާލުމުން ތިން މިލިޔަނަށް ވުރެ ގިނަ މީހުން 70 މަންޒިލަކަށް ވޯޓުދީފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި ޓައިވާން އާއި ބާލީ އަދި ތައިލެންޑުގެ ޕުކެޓްގެ އިތުރުން ޗައިނާގެ ފަސް ރަށެށް ހޮވިފައިވާ ކަމަށެވެ. ރާއްޖެ އޮތީ މި ލިސްޓުގެ އެންމެ ކުރީގައި ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުނެފައި ވެއެވެ.
އެ ނޫސް އެޖެންސީން ބުނި ގޮތުގައި ޗައިނާއިން ގައިގަނޑަކަށް 24 މިލިއަން ފަތުރުވެރިން އެކި ރަށްރަށަށް މިދިޔަ އަހަރު ތެރޭގައި ދަތުރުކޮށްފައިވެ އެވެ. އަދި މިއަހަރު ތެރޭގައި 30 މިލިއަނަށް އެއަދަދު އިތުރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.
އިންޓަނޭޝަނަލް ޓޫރިޒަމް ކޮންފަރަނަސް ބޭއްވީ މިމަހު 12 އިން މިއަދުގެ ނިޔަލަށެވެ. އަދި މި ކޮންފަރަންސް ބޭއްވީ ޗައިނާގެ ނެޝަނަލް ޓޫރިޒަމް އެޑްމިނިސްޓްރޭޝަނުންނެވެ.