ވިޔަފާރި

ދެކުނު ކޮރެއާގައި ރާއްޖެ އިސްތިހާރު ކުރަން ހަރަކާތްތަކެއް

Oct 9, 2020

ދެކުނު ކޮރެއާގައި ރާއްޖެ ޕްރޮމޯޓް ކުރަން ހަރަކާތް ތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

ރާއްޖެ މާކެޓް ކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާ އެމްއެމްޕީއާރުސީން ބުނި ގޮތުގައި ދެކުނު ކޮރެއާގައި ކުރިއަށް ގެންދާ މާކެޓިން ކެމްޕޭންގައި ރާއްޖޭގެ ޓެގްލައިންތައް ކަމަށްވާ "ރީޑިސްކަވާ މޯލްޑިވްސް" އާއި "ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް" އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރު ކުރުމުގެ އިތުރުން ރާއްޖޭގެ އިސްތިހާރު ބަސްތަކުގައި ވެސް ޖަހާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ކޮރެއާގެ "ގޭންގްނަމް" ސަރަހައްދުގަ އެވެ. މި ކެމްޕޭންގެ ދަށުން ކޮރެއާގެ ސާޗް އިންޖިން "ނޭވާ" ގައިވެސް ރާއްޖެ އިސްތިހާރު ކުރާނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ތިން މަހަށް ކުރިއަށް ގެންދާ މި ކެމްޕޭންގެ މަގުސަދަކީ ރާއްޖެއަށް އޮތް ޝައުގުވެރިކަން މަތި ކުރުން ކަމަށެވެ. މި ކެމްޕޭންގެ ދަށުން ފަސް ބަހެއްގައި ރާއްޖޭގެ އިސްތިހާރު ޖަހާނެ އެވެ. އަދި މި ކެމްޕޭންގެ ސަބަބުން 150 މިލިއަން މީހުންނަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

ކޮރެއާއަކީ ރާއްޖެ އަށް މުހިންމު މާކެޓެކެވެ. ކޮވިޑް-19 ގެ ލޮކްޑައުންއާ ހަމައަށް އެ ގައުމުން 5،722 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ.