ހަބަރު

އިމާރާތެއްގެ މަތިން އެއްޗެއް ވެއްޓި ކުއްޖަކު ޒަހަމްވެއްޖެ

Oct 14, 2015
1

މާފަންނުގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން އެއްޗިހިތަކެއް ވެއްޓި ކުޑަކުއްޖަކު ޒަހަމްވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މ. ކާޖްގެ ހަ ވަނަ ފަންގިފިލާގެ ދޮރުފަތެއް ހަރުކުރަން އުޅުމުގެ ތެރޭގައި މަގުމައްޗަށް އެއްޗެއް ވެއްޓި ޒަހަމްވެފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އެ ހާދިސާ ހިނގީ މިއަދު މެންދުރު އެވެ. އެ ކުއްޖާގެ ބޯ ފަޅައިގެން ގޮސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އެހެން ނަމަވެސް ހާލު ސީރިއަސްއެއް ނޫނެވެ.

މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

އިމާރާތް ކުރުމުގައި ސަލާމަތީ ފިޔަވަޅު ނޭޅުމަކީ އަބަދުވެސް ކުރިމަތިވަމުން އަންނަ މައްސަލަ އެކެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި އޭނާ ވަނީ މަރުވެފަ އެވެ. އަދި ލިފްޓް ގޮޅި ނުބައްދާ ހުރި ގެއެއްގެ ލިފްޓް ގޮޅީގެ ތެރެއަށް ހަތް މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މާމަ ވެއްޓި ކުޑަ ދަރިފުޅު ވަނީ މަރުވެފަ އެވެ.