މަސްތުވާތަކެތި

ބައި ކިލޯގެ ޑުރަގާއެކު ފެންފުށިން މީހަކު ހައްޔަރުކޮށްފި

Oct 10, 2020
1
0%
100%
0%

އދ. ފެންފުށީ ގެއެއް ބަލައި ފާސްކޮށް އެ ގޭގެ ތެރެއިން ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން އެ އިދާރާގެ ވެބްސައިޓްގައި ޝާއިއު ކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ފެންފުށިން ހައްުޔަރު ކުރީ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތަކަށް ޝައްކުވާ ކްރިސްޓަލް މެތުގެ ވިޔަފާރިކުރާ ކަމަށް މައުލޫމާތު ލިބިގެނެވެ.

ފުލުހުން ބުނީ އދ. މާމިގިއްޔާއި ފެންފުށީ ފުލުހުން އެކަމަށް އޮޕަރޭޝަނެއް ހިނގީ މިދިއަ ބުރާސްފަތި ދުވަހު ކަމަށެވެ. އޮޕަރޭޝަނުގައި ކޯޓް އަމުރެއް ހޯދައިގެން އެ މީހާ އުޅޭ ގެއަށް ވަދެ ބެލި އިރު އެމީހާ އުޅޭ ކޮޓަރި ތެރެއިން ކްރިސްޓަލް މެތު ހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

ފެންފުށީގެ އެ ގެއިން އަތުލި ޑްރަގުގެ ބަރުދަނުގައި 536.2 ގްރާމް ހުއްޓެވެ. އެގެއިން ހައްޔަރު ކުރި 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި ޑްރަގު ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯޓުން އޭނާގެ ބަންދަށް މިހާރު 15 ދުވަސް ދީފައި ވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިބްރާހީމް

ހައްޔަރުކުރެވިއްޖެއެއް ނޫން. ދެން ދޫކޮށްލާ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345