ޗެލްސީ

ޗެލްސީގެ ކީޕަރު މެންޑީއަށް އަނިޔާވެއްޖެ

ޗެލްސީގެ ކީޕަރު އެޑްއާޑް މެންޑީއަށް އަނިޔާވެ ސެނެގާލްގެ ގައުމީ ޓީމާ ވަކި ވެއްޖެ އެވެ.

އިންޓަނޭޝަނަލް ބުރޭކްގައި ސެނެގާލްގެ ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށް މެންޑީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާ ވެފަ އެވެ ޗެލްސީގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން އިތުރު ޓެސްޓްތައް ހެދުމަށްޓަކައި އޭނާ މިހާރު ވަނީ ލަންޑަނަށް ގޮސްފަ އެވެ.

ފްރާންސްފެ ރެން އިން ޗެލްސީ އަށް ބަދަލުވި ކީޕަރު ޗެލްސީއާއެކު އަދި ކުޅުނީ ދެ މެޗެވެ. ޕްރިމިއާ ލީގްގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗަކީ ލީގްގައި މެންޑީ ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗު ބައިކޮޅަށް ގޯލެއް ނުވަދެ ޗެލްސީ މޮޅުވީ 4-0 ންނެވެ. އެއީ މި ސީޒަންގައި ބައިކޮޅަށް ލަނޑެއް ނުވަދެ މިހާތަނަށް ޗެލްސީ ފުރިހަމަ ކުރި ހަމައެކަނި މެޗެވެ.

ދެއަހަރު ކުރިން ޗެލްސީން ވަނީ ކެޕާ އަރީޒަބަލާގާ އެ ޓީމަށް ސޮއި ކުރުވާފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި އެތުލެޓިކް ކުލަބު ބިލްބާއޯއިން ބަދަލުވި ނަމަވެސް ކެޕާއަށް އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. މެންޑީ ޓީމަށް ބަދަލުވުމުގެ ކުރިން، ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ވަނީ ކެޕާއަށް ފުރުސަތު ދީފަ އެވެ. އޭނާ އަތުން ބައިކޮޅަށް ވަނީ ފަސޭހަ ގޯލްތަކެވެ. ބައެއް މެޗުތަކުގައ އޭނާ ވަނީ ބޮޑެތި ގޯސްތަކެއް ހަދާފަ އެވެ.

މެންޑީއަށް އަނިޔާވު މަކީ ލަމްޕާޑަށް ކުރިމަތި ވާނެ ބޮލުގެ ރިހުމެކެވެ. އަންނަ ހޮނިހިރު ދުވަހު ޗެލްސީ ނުކުންނާނީ ސައުތު ހެމްޓަން އާ ދެކޮޅަށެވެ. އަދި ޗެމްޕިއަންސް ލީގްގައި ސެވިއިްޔާއާ ދެކޮޅަށް ކުޅޭ މެޗާއި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗުވެސް މި މަހު ސިޓީއަށް އެބައޮތެވެ. އެ މެޗުތަކަށް މެންޑީ ފިޓް ނުވެއްޖެނަމަ ލަމްޕާޑަށް އުނދަގޫ ކުރިމަތި ވާނެ އެވެ.