ހަބަރު

މަންދު ކޮލެޖަށް ތިން މިލިއަން ދޭނެ ތަނެއް ނެތް: ހުކުމް

Oct 10, 2020
1

މަންދު ކޮލެޖުގެ މިލްކިއްޔާތުގައިވާ ފަރުނީޗަރު އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އިހުމާލުވި ކަމަށް ބުނާ މައްސަލާގައި އެޑިއުކޭޝަނުން ބަދަލުދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

އެޑިއުކޭޝަނާއި މަންދުގެ ކޮލެޖުގެ ފަރުނީޗަރުތައް ހަވާލު ކޮށްފައިވަނީ 2010 ވަނަ އަހަރު އަރަބިއްޔާގެ ދަރިވަރުން ވަގުތީގޮތުން މަންދު ކޮލެޖު ހިންގި އިމާރާތަށް ބަދަލު ކުރަންޖެހުމުން އޭރު މަންދު ކޮލެޖުގައި ހުރި ކްލާސްރޫމްތަކުގައި ބޭނުން ކުރަމުން ދިޔަ ފަރުނީޗަރުތައް ރައްކާކުރަން ބަހައްޓާނެ ތަނެއް ނެތުމުން އެ މިނިސްޓްރީ އާއި މަންދު ކޮލެޖާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން މި ފަރުނީޗަރުތައް ގެންގޮސްފައިވަނީ އެމިނިސްޓްރީގެ ގުދަނަކަށެވެ.

މަންދު ކޮލެޖް ހިންގަމުން އައި މާލޭހައި ޕްރައިވެޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އަދި ފަރުނީޗަރުތަކަށް އިހުމާލުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާތީ ގެއްލުމުގެ ބަދަލުގައި 2016 ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމަޔަށް ޖޫރިމަނާގެ ގޮތުގައި ތިން މިލިއަނަށްުރެ ގިނަ ރުފިޔާ ހޯދުމަށް މާލެ ހައިގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އަދި ބަދަލުގެ ގޮތުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ވެސް އެކުންފުނިން ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް
ރިއާޔަތްކޮށް ބަލާއިރު އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ވަގުތީގޮތުން މަންދުކޮލްޖެ ހިންގި އިމާރާތަށް ބަދަލުކުރެވުނުއިރު، މަންދުކޮލެޖްގެ މިލްކިއްޔާތުގައި ހިމެނޭ ގިނައަދަދެއްގެ ފަރުނީޗަރު، އަނބުރާ ހަވާލުކުރާގޮތަށް، އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މިނިސްޓްރީއިހުމާލުން އެ ފަރުނީޗަރުތަކަށް ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ބުނެ އެތަކެތީގެ އަގުހޯދުމަށް އެދި 2013 ވަނަ އަހަރު ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު މަންދުކޮލެޖުން އެ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި އެޑިއުކޭޝަނަށް ފޮނުވާފައިވާ އިންވޮއިސްގައި ހިމެނޭ 519 ޑެސްކާއި، 148 ގޮނޑިއާއި، 07 މޭޒުގެ ބަދަލުގައި އެ އަދަދަށް
ފަރުނީޗަރު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ނިންމާފައިވާކަން އެ މިނިސްޓްރީން ސިޓީއަކުން މަންދު ކޮލެޖަށް އަންގާފައިވާ ކަމަށެވެ.

އެ ހުކުމުގައި ބުނެފައިވަނީ އެ ފަރުނީޗަރުތައް މަންދުކޮލެޖަށް އަނބުރާ ލިބިފައިނުވާކަން ޝަރީއަތަށް ސާބިތު ކޮށްފައިނުވާ ސާބިތުކޮށްދީފައިވާ ކަމަށާއި އެހެންކަމުން މި ފަރުނީޗަރުގެ ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ފަންސާސް ހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ މާލެ ހައި އަށް އެއްމަސްދުވަހުގެ ތެރޭޣައި ދައްކާ ހަލާސްކުރުމަށް އެޑިއުކޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އެކަމަކު ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ފައިސާތަށް ނަގއިދެވެން ނެތް ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައެޅުމުން މާލެ ހައިގެ ފަރާތުން މި މައްސަލަ ހައިކޯތުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. މި މަސައްލައިގައި ހައިކޯޓުންވެސް ވަނީ ޖޫރިމަނާއަށް ވާ ފައިސާ ނަގައިދެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.