ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން، ކޮވިޑުން އެނގިއްޖެ"

ރައީސް ސޯލިހު
0%
0%
0%

ނަފްސާނީ ދުޅަހެޔޮ ކަމާއި ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ މުހިންމުކަން ކޮވިޑް ބަލީގެ ސަބަބުން އެނގިގެން ގޮސްފައިވާ ކަމަށް ރައީސް އިބްރާހިމް ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގައި މިއަދު ފާހަގަ ކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާގައި ގުޅުވައި މަރުހަބާ އާއި ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ޓްވީޓެއް ކުރައްވައިގެނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.

ރައީސްގެ އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އާންމު ސިއްހަތު ދެމެހެއްޓުމަށްޓަކައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ މަގު ފަހިވެފައި ވުމަކީ މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރައްވާ ކުރިއަރުއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345