މޯލްޑިވްސް ޕޮލިސް ސާވިސް

ތަހުގީގަށް ހޯދާ މީހެއްގެ ފޮޓޯ އާންމުކޮށްފި

ފުލުހުން ތަގުގީގު ކުރާ މައްސަލައަކަށް ތުހުމަތުވާ މީހަކު ހޯދަން އެ މީހާގެ ފޮޓޯ އާއި ވަނަވަރު އާންމު ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ހޯދަން އިއުލާންކޮށް، ފޮޓޯ އާންމު ކޮށްފައި ވަނީ ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމް 26، އެވެ.

ފުލުހުން ބުނީ ޝަމްއާނަކީ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

އެ މީހާއާބެހޭ މަުލޫމާތެއް ލިބިފައިވާނަމަ ފުލުހާ ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.