ހަބަރު

މަޖިލީހުގެ ލައިބްރައިރީއަކާއެކު އިޝްތިރާކަށް ހުޅުވާލަނީ

Oct 12, 2020
1

ރައްޔިތުންގެ މަޖިލީހުގައި ލައިބްރަރީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، ބިލުތަކާއި، ރިޕޯޓުތަކާއި އަދި އެ ނޫން ވެސް އެހެނިހެން ލިޔެކިއުންތަކުގެ އިޝްތިރާކަށް އެދުމުގެ ފުރުސަތު ލައިބްރަރީ މެދުވެރިކޮށް ދޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގައި ކުތުބުހާނާއެއް ގާއިމު ކުރުމުގެ މަސައްކަތަށް ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށެވެ.

މަޖިލީހުގައި ލައިބްރަރީއެއް ހެދުމުގެ ބޭނުމަކީ މަޖިލީހުގެ ޒަމާންވީ ލިޔުންތަކާއި މިހާރުވެސް މަޖިލީހުން ކުރާ މަސައްކަތްތަކުގެ ޔައުމިއްޔާއާއި، އެކުލަވާލެވޭ ރިޕޯޓްތަކާއި، ހުށަހެޅޭ ބިލް އަދި ގާނޫނު ފަދަ މުހިއްމު ލިޔެކިއުންތައް އެއްތަނަކުން ފަސޭހައިން ފެންނާނެ ގޮތަކަށް އިންތިޒާމު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ލައިބްރަރީ ވެގެންދާނީ މަޖިލީހުގެ މެންބަރުންގެ އިތުރުން ރައްޔިތުން ވެސް ކަންކަން ދިރާސާތައް ކުރަން ރަނގަޅު ތަނެއްގެ ގޮތުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެއްވެސް ގަނޑުކޮޅެއްގައި އެއްވެސް އެއްޗެއް ޖައްސަވައިފިއްޔާ ރިފަރެންސް ނަންބަރެއް ނުކުންނާނެ. އަދި އެއްވެސް އެއްޗެއް ވިދާޅުވިޔަސް ވެސް ރިފަރެންސް ނަންބަރެއް އެކަމަކާއި ގުޅިގެން ނުކުންނާނެ. މި ދަރަޖައަށް މިކަން ކުރަން ޖެހުނު ސަބަބަކީ އަޅުގަނޑުގެ ކަންބޮޑުވުން ހުންނާތީވެ، މައުލޫމާތައި ސަރުކާރުންނާއި ދައުލަތުން ކުރާ ކަންކަމުގެ ރިފަރެންސް އަޅުގަނޑުމެންނަށް ފަސޭހައިން ހޯދޭނެ ގޮތްތައް ނެތުން،" ނަޝީދު ވިދާޅުވި އެވެ.