ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓު މުވައްޒަފުންނަށް ސިއްހަތުގެ ތަމްރީނު ދީފި

ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ރިސޯޓް މުވައްޒަފުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ އިސް ފަރާތްތަކަށް ކޮވިޑްގެ ހާލަތުގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ އެފަދަ ހަތަރުވަނަ ޕްރޮގްރާމް ކަމަށާއި، ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ތިން ގަޑިއިރުގެ ދެ ސެޝަނަކަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 137 މީހަކު ބައިވެރިވި ކަމަށެވެ.

ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރުމުގައި ވެސް ބަލި ފެތުރުން ވީހާވެސް މަދު ކުރެވޭނެ ގޮތަށް އެންމެންގެ އަމަލުތައް ބައްޓަން ކުރަންޖެހޭ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މައުލޫމާތު އެ ޕްރޮގްރާމްގައި ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.