ދަރުމަވަންތަ ހޮސްޕިޓަލް

ހިތާނު ކުރަން ފުރުސަތު ހުޅުވާލައިފި

ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތަ -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ސަރުކާރުގެ ބޮޑު ދެ ހޮސްޕިޓަލް ހިމެނޭ ގޮތަށް ހިތާނު ކުރުމުގެ ހިދުމަތް ދޭން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވައިފި އެވެ.

އިންޑިއާއަށް ނިސްބަތްވާ ދިވެހި ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަދު ބުނީ މި އަހަރު ވެސް ހިތާނު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ހިތާނީ މޫސުމް 2020" ނަމުގައި ހިތާނުކޮށް ދިނުން މި އަހަރުވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ބުނީ "ހިތާނީ މޫސުމް 2020" ކުރިޔަށް ގެންދާނީ 15 ނޮވެމްބަރުުން ފެށިގެން 25 ޑިސެމްބަރު 2020 ގެ ނިޔަލަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލުގެ މަސައްކަތްތައް ރޭވުމުގެ ގޮތުން، މި އަހަރު ހިތާނު ކޮށްދޭނީ ދުވަކު 12 ކުދިންނެވެ.

ކުދީން ހިތާނު ކުރަން ނަން ނޯޓްކުރުމާއި މައުލޫމާތު ސާފު ކުރުމުގެ ކަންކަން ހަމަ ޖައްސާފައި ވަނީ ދިވެހި ސަރުކާރުގެ މައި ހޮސްޕިޓަލް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައެވެ.

ނަންނޯޓް ކުރުމުގެ ފުރުސަތު ދީފައި ވަނީ މި މަހުގެ 17 އާއި 19 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345