ބަނގުރާ

72 ދަޅު ބިޔަރާއެކު ދެ މީހުން ހައްޔަރުކޮށްފި

ހުޅުމާލެއިން ކާރެއް ބަލައި ފާސްކޮށް، ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާ ކަމަށް މައުލޫމާތު ލިބިގެން، ތުހުމަތު ކުރި ކާރު ހުއްޓުވައި ފާސްކުރީ އިއްުޔެ ކަމަށާއި އެ ކާރު ބަލައި ފާސް ކުރިއިރު ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނުނު ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ.