ހަބަރު

ދެ ދަޅު ކޮފީ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

Oct 15, 2015

ދެ ދަޅު ކޮފީ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ދެ ފިރިހެނަކު ހައްޔަރު ކުރީ 500 ގްރާމުގެ ދެ ދަޅު ނެސްކެފޭ ވަގަށް ނެގުމުގެ ތުހުމަތަށް ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެ މީހުން ހައްޔަރު ކުރީ ދެ މިމިީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މިދިއަ ހޯމަ ދުވަހު އެވެ. އެމީހުންގެ އަތުން ދެ ކޮފީދަޅު ފެނިފައިވަނީ ބަލައިފާސްކުރިއިރު އެތަނުން އެކަކުގެ އަތުގައި އޮތް ދެ ދަބަހެއްގެ ތެރެއިންނެވެ.