ހަބަރު

މަޖިލީހުގެ އަމާޒަކީ ރައްޔިތުންގެ އުއްމީދު ނުގެއްލޭ ގޮތެއް ހޯދުން: ނަޝީދު

Oct 15, 2020
1
ރާއްޖޭގައި ދެވޭ ތެލަސީމިއާ ފަރުވާ ދިރާސާ ކުރުމަށް، މަޖިލީހާއި ތެލަސީމިޔާ ސޮސައިޓީ ގުޅިގެން، ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގަ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ގައުމަށް ދިމާވެފައިވާ މައްސަލަތުގެ ތެރެއިން ރައްޔިތުންގެ އުއްމީދުތައް ގެއްލި ނުދާނޭ ގޮތެއް ހޯދައި ދިނުންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދެވޭ ތެލަސީމިއާ ފަރުވާ ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް ތެލަސީމިޔާ ސޮސައިޓީ ގުޅިގެން މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ގައުމިއްޔަތެއް އުފެދިގެން އަންނަނީ މުޖުތަމައުގައި އުޅޭ ނިކަމެތި އަދި ވޭން އަޅާ މީހުނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބްލަޑް ބޭންކުތަކުން ލޭ ހުސްވެ، ތެލެސީމިއާ ކުދިންނަށް ލޭ ނުލިބޭ ކަމުގެ ކަންބޮޑުވުންތަކާއި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަބަދުވެސް އިވޭ ކަމަށެވެ. މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އެފަދަ މައްސަލަތަކަށް އެންމެން އެކުގައި މަސައްކަތްކޮށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުން ކަމަށެވެ.

"މަޖިލީހުގެ އަމާޒަކީ އަދި ކޮމިޓީގެ ވެސް ބޭނުމަކީ އުއްމީދެއް ދިނުން. ރައްޔިތުންނަށް އުއްމީދު ގެއްލި ނުދާނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުމަކީ މި މަޖިލީހުގެ އަބަދުވެސް އަމާޒު،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ތެލެސީމިޔާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ ދާދި ފަހުން ތެލެސީމިޔާ ބަލީގައި ވަރަށް ކައިރި ކައިރީގައި ނުވަ ކުއްޖަކު މަރުވުމުން ގިނަ ބައެއްގެ ކަންބޮޑުވުން ފެނިގެންދިއަ ކަމަށާއި، ނަމަވެސް، އެއީ މި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އާއިލާތަކަށް އާ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ތެލެސީމިޔާ ބައްޔާ ދެކޮޅަށް ގިނަ ފަރާތްތަކުން އެކީގައި ކެނޑެނޭޅި ކުރަމުންދާ މަސައްކަތަށް ފެށުމެއްކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345