ހަބަރު

"ގައުމިއްޔަތު ބިނާވަނީ ވޭން އަޅާ މީހުނަށް އަމަލުކުރާ ގޮތަކަށް"

Oct 15, 2020
4
ރާއްޖޭގައި ދެވޭ ތެލަސީމިޔާ ކެއާ ދިރާސާކުރުމަށް، މަޖިލީހާއި ތެލަސީމިޔާ ސޮސައިޓީ ގުޅިގެން، ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ނަަޝީދު ވާހަކަ ދައްކަވަނީ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ގައުމިއްޔަތެއް އުފެދިގެން އަންނަނީ މުޖުތަމައުގައި އުޅޭ ނިކަމެތި އަދި ވޭން އަޅާ މީހުނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދެވޭ ތެލަސީމިއާ ފަރުވާ ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް ތެލަސީމިޔާ ސޮސައިޓީ ގުޅިގެން، ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތެލެސީމިޔާ ބަލީގައި މަރުގެ ތުންފަތްމަތީގައި ހޭދަ ކުރަންޖެހޭ އާއިލާތަކުގެ ވޭނާއި، މާޔޫސްކަން ގިނަ ރައްޔިތުންނަށް އިހުސާސު ނުކުރެވޭ ކަމަށެވެ.

"ދަރިފުޅަށް ވީ ގޮތް، ވާގޮތް، އަދި ވާނެ ގޮތް އެނގިތިބެ އެ އާއިލާއާ އެކީގައި އުޅެންޖެހޭއިރު، އެއީ ގިނަނަ މީހުނަށް އެނގޭ ވޭނެއް ނޫން. ކުރާ އަސަރެއްވެސް ނޫން... ދުރުން ފެންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބްލަޑް ބޭންކުތަކުން ލޭ ހުސްވެ، ތެލެސީމިއާ ކުދިންނަށް ލޭ ނުލިބޭ ކަމުގެ ކަންބޮޑުވުންތަކާއި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަބަދުވެސް އިވޭ ކަމަށެވެ. މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އެފަދަ މައްސަލަތަކަށް އެންމެން އެކުގައި މަސައްކަތްކޮށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުން ކަމަށެވެ.

ރާއްޖޭގައި ދެވޭ ތެލަސީމިޔާ ކެއާ ދިރާސާކުރުމަށް، މަޖިލީހާއި ތެލަސީމިޔާ ސޮސައިޓީ ގުޅިގެން، ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ނަަޝީދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

"މަޖިލީހުގެ އަމާޒަކީ އަދި ކޮމިޓީގެ ވެސް ބޭނުމަކީ އުއްމީދެއް ދިނުން. ރައްޔިތުންނަށް އުއްމީދު ގެއްލި ނުދާނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުމަކީ މި މަޖިލީހުގެ އަބަދުވެސް އަމާޒު،" އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމިއްޔަތެއް އުފެދިގެން އަންނަނީ، ނިކަމެތި މީހާ، ބަލިކަށި މީހާ، ވޭނުގައި ހުރި މީހާ އާމެދު އަމަލު ކުރާ ގޮތްތަކުގެ މައްޗަށް."

އެ ރަސްމިއްޔާތުގައި ތެލެސީމިޔާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ ދާދި ފަހުން ތެލެސީމިޔާ ބަލީގައި ވަރަށް ކައިރި ކައިރީގައި ނުވަ ކުއްޖަކު މަރުވުމުން ގިނަ ބައެއްގެ ކަންބޮޑުވުން ފެނިގެންދިއަ ކަމަށާއި، ނަމަވެސް، އެއީ މި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އާއިލާތަކަށް އާ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ތެލެސީމިޔާ ބައްޔާ ދެކޮޅަށް ގިނަ ފަރާތްތަކުން އެކީގައި ކެނޑެނޭޅި ކުރަމުންދާ މަސައްކަތަށް ފެށުމެއްކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ކެނޑެނޭޅި މި މަސައްކަތް ކުރަނީ ތެލެސީމިޔާ ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މާހައުލެއް ގާއިމުކޮށްދެވޭތޯ. އެކަން ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކުރެވިގެންކަމަށްވާތީ. އަޅުގަނޑު އުއްމީދު ކުރަނީ މިއީ ފެށުމެއް ކަމަށް. އަދި މިކަމުން ނަތީޖާ ނެރެވޭނެކަމަށް،" ޖީހާން ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345