ހަބަރު

ފެހެންދޫ ބަނދަރުގެ ބޮޑުބައި ނިންމައިފި

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިންމައިފި އެވެ.

އެ މަސައްކަތާ ހަވާލުވި އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުން ވެސް 31 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ފެހެންދޫ ބަނދަރަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އެ ބަނދަރުގައި 130 މީޓަރުގެ ބޭރު ތޮށިލައި 282 މީޓަރު ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 214 މީޓަރު އެއްގަމު ތޮށިލައި ބަނދަރުގައި ރޭމްޕެއް ހަދައި ވޯކްވޭ ބްރިޖެއް އަޅާނެ އެވެ.

މީގެ އިތުރަށް 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުން ކުރުމާއެކު މަގު ބައްތި އާއި ނެރު ބައްތި ހަރުކޮށް 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

މިއީ 49.66 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫެކެވެ. މަސައްކަތް ހަވާލު ކޮށްފައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.