ހަބަރު

ސަރުކާރު ވަޒީފާއަށް ވަންނަ މީހުން އިމްތިހާނެއް ހަދަންޖެހޭ ގޮތަށް ނިންމައިފި

ސިވިލް ސާވިސްގެ ވަޒީފާއަށް ވަންނަ ފަރާތްތަކުން އިމްތިހާނެއް ހަދަންޖެހޭ ގޮތަށް ހަމަޖައްސައި އުސޫލުތައް އެކުލަވާލައިފި އެވެ.

އެގޮތުން މިއަދު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންނަށް (ސީއެސްސީ) އިން ބުނީ ސިވިލްސާވިސްގެ ވަޒީފާއަށް ވަންނަ ފަރާތްތަށް އިމްތިހާނެއް އެކުލަވައިލައްވާ އެކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންއާ ދެމެދު ވަނީ އެއްބަސް ވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ސީއެސްސީ އާއި ޕަބްލިކް އެގްޒެމިނޭޝަން ގުޅިގެން އަލަށް ތާރަފްކުރި މިި އިމްތިހާނަކީ ސިވިލްސާވިސް ގެ ވަޒީފާ އަށް ވަންނަ މުވައްޒިފުން މަސައްކަތުގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތަށް ލިބިފައިވާ ގާބިލް ފަރާތްތަކެއްކަން ދެނެގަތުމުގެ ގޮތުން ބާއްވާ އިމްތިހާނެކެވެ.

ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ބައެއް ފަހަރު ސިވިލް ސާވަންޓުން ކިބާގައި ވަޒީފާގެ މާހައުލަށް އެކަށީގެންވާ ގާބިލިއްޔަތުކަން މަދު ކަމަށާއި ހުނަރު ނުހުންނަ ކަމުގެ ޝަކުވާ ގިނައިން އަންނަ ކަމަށެވެ. އަދި އަލަށް ތައާރަފުކުރާ އިމްތިހާނަކީ އޭގެ ސަބަބުން އެ މައްސަލަތަށް ހައްލުވެގެން ދާނެ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ސިވިލް ސާވަންޓުންގެ މަސައްކަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާޝަކުވާ ވަރަށް ގިނައިން ލިބޭ. ނަމަވެސް މި އިމްތިހާން ހަދަން ފެށުމުން އަޅުގަނޑުމެންނަށް އެނގޭނެ ކޮން ބައެއްތޯ ވަޒީފާގެ މާހައުލަށް ނުކުތުމުގެ ގާބިލިއްޔަތުކަން ހުރީ. މިއީ މަސައްކަތް ވަރަށް ވެސް ފުރިހަމަ ވެގެން ދާނެ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

މި އިމްތިހާނުގައި ހިމެނޭ މުހިންމު ބައިތައް ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އިމްތިހާނުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދިވެހިން ލިޔުމާއި ރީތިބަހުން މުއާމަލާތު ކުރުމާއި މައުލޫމާތު ދިނުމުގެ ހުނަރާއި އިދާރީ ހިނގުމެވެ.

ޕަބްލިކް އެގްޒެމިނޭޝަން އިން ބުނީ މި އިމްތިހާނަކީ އަހަރަކު ދެ ފަހަރަށް ބާއްވާ އިމްތިހާނެއް ކަމަށާއި ބައިވެރި ވުމުގެ ގޮތުން 150ރ އެޕްލިކޭޝަން ފީ ގޮތުގައި ދައްކަން ޖެހޭ ކަމަށެވެ.