ސިޔާސީ ޕާޓީއެއްގައި ހިމެނޭ މެމަބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު، އިދިކޮޅު ޕީޕީއެމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އެ ގޮތަށް ފާޑު ވިދާޅުވީ މިވަގުތު ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމުން އެ ޕާޓީގެ މެންބަރުންނަށް ލޯޔަލްޓީ ކާޑެއް ތައަރާފު ކުރުމުންނެވެ.
ނިޔާޒް ވިދާޅުވީ ޕާޓީ މެމަބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ސިޔާސީ ޕާޓީއެއްގައި ހިމެނޭ ކޮންމެ މްބަރެއްގެ ވެސް ޕާޓީއަށް އިހުލާސްތެރިކަން އޮންނަންވާނީ އެއް މިންވަރަކަށް ކަމަށެވެ.
އަދި ލޯޔަލްޓީ ކާޑެއް ތައާރަފު ކުރުމަކީ އެއީ މެމްބަރުން މެދުގައި ތަފާާތު ކުރުމެއް ކަމަށް ވެސް އޭނާ ސިފަ ކުރައްވާފައި ވެއެވެ.
ޕީޕީއެމުން ލޯޔަލްޓީ ކާޑު ތައާރަފު ކުރީ ޕާޓީގެ މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށް ބުނެ އެވެ. އެ ކާޑުގައި ހަތަރު ގިންތިއެއް ހިމެނެ އެވެ. އެއީ ޕްލެޓިނަމާއި ގޯލްޑާއި ސިލްވާ އާއި މެޖެންޓާ އެވެ. އެ ކާޑު މެދުވެރިކޮށް 100 އިން މަތީގެ އަދަދުތަކުން ޕާޓީއަށް ފައިސާ ހަދިޔާ ކުރެވެ އެވެ.