މާރާމާރީ ހިންގުން

އައްޑޫގައި މާރާމާރީއެއް: އެކެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހިތަދޫގައި ހިނގި މާރާމާރީގެ މައްސަލަ މިރޭ 12:30 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ދެ ގުރޫޕެއްގެ ދެމެދު ހިނގި މާރާމާރީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.

އަނިޔާ ލިބުނު މީހާއަސް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

"އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވޭ،"

ފުލުހުން ވަނީ މައްސަަަލައިގެ ތަހުގީގު ފަށާފައެވެ. ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާ ފެންނަ ބައެއް ފޮޓޯތައް ވަނީ އާންމުވެފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާއަށް ވަނީ އަތްތިލައަށް ވަނީ ބޮޑު ޒަހަމެއް ލިބިފައެވެ.