ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ވަދެ ނޫޅެން އަންގައިފި

Oct 19, 2020
2

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ގަވައިދާ ހިލާފަށް ބައެއް ފަރާތްތަކުން ވަންނާތީ އެ ސަރަހައްދަށް ވަދެ ނޫޅެން، ކުޅުދުއްފުށީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލްގެ އިދާރާއިން ބުނި ގޮތުގައި ސެޑިއުލް ކޮށްގެނާއި ޗާޓަރު ކޮށްގެން ކުޅުދުއްފުށީ އެއާޕޯޓަށް ބޯޓް ޖައްސާ ގަޑިތަކާއި އެ ނޫންވެސް ގަޑިތަކުގައި ރަންވޭ ހިމެނޭ ސަރަހައްދަށް އާންމުން ވަދެ ނުކުމެ ހަދާ ކަމުގެ ޝަކުތައް ލިބެ އެވެ. އެ ކައުންސިލުން އިތުރަށް ބުނި ގޮތުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ރަންވޭ ހިމެނޭ ސަރަހައްދަށް ވަދެ ނުކުމެ ހަދަ އެވެ.

އެފަދަ ކަންކަމަކީ ބައެއްގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ހަނދާންކޮށްދޭ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެޅީ އެ ރަށުގެ ކުޅީގެ 30 ޕަސެންޓް ހިއްކައިގެނެވެ. އެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެ މަޝްރޫއަށް 53.4 މިލިއަން ރުފިޔާ ހޭދަވި އެވެ.