ވިޔަފާރި

ބޮޑު ކަންނެލި ގަންނަ އަގު ބޮޑުކޮށްފި

Oct 19, 2020
2
އެންސިސް ފެކްޓްރީގައި ކަންނެލީގެ ގްރޭޑް ބަލަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދުނިޔޭގެ ބާޒާރުގައި ބޮޑު ކަންނެލީގެ އަގު ރަނގަޅުވުމުން، ރާއްޖޭގެ ބާޒާރުގައި ކަންނެލި ގަންނަ އަގު ބޮޑު ކޮށްފި އެވެ.

ރާއްޖޭން އެންމެ ގިނައިން ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީލް އިސްމާއީލް ވިދާޅުވި ގޮތުގައި ކަންނެލި ގަންނަ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގެ އަގަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ވަކި ހާއްސަ ކަމަކާ ގުޅުވައިގެނެއް ނޫން އަގު ބޮޑު ކުރީ. އަބަދު ވެސް ބުނާ ވާހަކައެއް ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލު ދުވަހުން ދުވަހަށް ގެންނާނެމޭ. އެގޮތަށް ބާޒާރުގައި އަގު ރަނގަޅުވީމަ އަގު ބޮޑު ކުރީ،" ވަސީމް ވިދާޅުވި އެވެ.

ބޮޑު ކަންނެލި ގަންނަ ކުންފުނި ތަކުން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް މިހާތަނަށް ގަންނަމުން އައިސްފައިވަނީ 55ރ. އަށެވެ. މިހާރު އައި ބަދަލާއެކު ކަންނެލި ކިލޯއެއްގެ އަގު މި ވަނީ 70ރ. އަށް މަތި ކޮށްފަ އެވެ. އެންސިސް އިން މި އަގުގައި ކަންނެލި ގަންނައިރު ކަންނެލި ގަންނަ އެހެން ކުންފުނިތަކުގެ އަގުތައް ވެސް ވަނީ ކިލޯއެއް 65ރ. އަށް އަގު އުފުލާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345