ފައިސަލް ނަސީމް

ބަނގުލަދޭޝް މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ: ނައިބު

Oct 19, 2020
2

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށް ދެއްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު، ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި މިއަދު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.

ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެއްވާ އެ ޔަގީންކަން ސަފީރަށް އަރުވާފަ އެވެ. އަދި ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން ވެސް ފާހަގަ ކުރައްވާފައި ވެއެވެ.

ނައިބު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ ކަމަށާއި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ހިދުމަތްތައް ކޮށްދެމުންދާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ފޮނުވާލުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށެވެ.