ފައިސަލް ނަސީމް

އިމާމުންގެ ޑިގްރީ ޕްރޮގުރާމް އިފްތިތާހު ކޮށްފި

Oct 19, 2020

އިމާމުންނާއި މުދިމުންނަށް އަމާޒު ކޮށްގެން ޑިގްރީ ފެންވަރަށް ކިޔަވައި ދޭނެ ޕުރޮގުރާމެއް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ޕްރޮގުރާމު އިފުތިތާހު ކޮށްދެއްވީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ޕުރޮގްރާމަކީ، އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީން ހިންގާ ޕުރޮގުރާމެކެވެ.

ނައިބު ރައީސް މިއަދު ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބައެއް ކަމަށާއި، އެއީ މުޖުތަމައުގެ ގަދަރާއި ލޯތްބާއި އިހުތިރާމު ލިބިފައިވާ ބައެއް ކަމަށެވެ. މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅު ކުރުމާއި، ރިވެތި އަހުލާގު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.

އިމާމުންނާއި މުދިމުންނަށް ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި 384 ފަރާތެއް ބައިވެރިވި އެވެ.