ހަބަރު

ރަތަފަންދޫގައި މާރާމާރީ ހިންގާ ދެމީހަކަށް އަނިޔާވެއްޖެ

ގދ. ރަތަފަންދޫގައި ހިންގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ ރަށުގެ ދެ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގި މައްސަލަ އެއް ރޭ ދަންވަރު 2:30 ހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައި ވަނީ ދެ މީހަކަށް ކަމަށެވެ.

އެ ދެމީހުންގެ ތެރެއިން އެކަކު ރަތަފަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާއިރު، އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވެސް އެކަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދި ބުނީ، މި މައްސަލަ އާ ގުޅިގެން 21 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެމީހުނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.