ދުނިޔެ

ލަންކާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން

Oct 21, 2020

ސްރީލަންކާގެ ރައީސު ގޮތަބަޔާ ރާޖަޕަކްސާ، ގާނޫނު އަސާސީއަށް ގެންނަވަން ބޭނުންފުޅުވާ އިސްލާހުތަކުގެ ގިނަ އިސްލާހުތައް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވުމުން ކަމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ރައީސް ގޮތަބަޔާ ބޭނުންފުޅުވާ އިސްލާހުތަކުގެ ތެރެއިން އެ އިލާހުތަކަކީ ވެރިކަން ހިންމުމުގެ މައްޗަށް އޮންނަ ރައްޔިތުންގެ ބާރާއި ގުޅިފައިވާ އިސްލާހުތައް ވެރިކަމުގެ ފަރާތަށް ފުރޮޅައިލުމުގެ ބާރެވެ. އެ އިސްލާހުތަކުގެ ތެރޭގައި ރައީސު ގޮތަބާ ގާނޫނުހަދާ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަަަވަން ނުޖެހޭ ގޮތަށް ހެދުމާއި، ރައީސުގެ މައްޗަށް ދައުވާ ނުއުފުލޭ ގޮތަށް ގާނޫނީ ހިމާޔަތް ދިނުމާއި، ވެރިކަމުގައި އެއް އަހަރު ވުމަށް ފަހު ގާނޫނުހަދާ މަޖިލިސް އުވާލެއްވުމުގެ ބާރު ރައީސަށް ދިނުމަށް ހުށަހަޅާފައިވާ އިސްލާހުތައް ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމެއް އައީ އިދިކޮޅު ޕާޓީތަކުންނާއި މަދަނީ ބައެއް ޖަމްއިއްޔާތަކުން އިސްލާހާ ދެކޮޅަށް ކޯޓަށް ހުށަހެޅި ޕެޓިޝަންތަކަކާ ގުޅިގެންނެެވެ.

ރައީސު ގޮތަބަޔާގެ ޕާޓީގެ 145 މެންބަރުން ގާނޫނުހަދަާ މަޖިލީހުގައި ތިއްބަވައެެވެ. އެ ޕާޓީން އުއްމީދު ކުރަނީ އެހެން ޕާޓީތަކުގެ ބައެއް މެންބަރުންގެ ތާއީދާއެކު މި އިސްލާހުތައް ފާސްވާނެ ކަމަށެވެ.