ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެންޓިބޮޑީ ޓެސްޓަށް އެއްބާރުލުން ދިނުމަށް އެދިއްޖެ

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް ފަށާފައިވާ އެންޓި ބޮޑީ ޓެސްޓަށް އެއްބާރުލުން ދިނުމަށް އެޗްއީއޯސީން އެދިއްޖެ އެވެ.

ކޮވިޑްގެ އެއްވެސް އަލާމާތް ނުފެނި ބަލިޖެހިފައި ހުރިކަން ނޭނގި އެތަށް ބަޔަކު ރަނގަޅުވެފައި ވެއެވެ. އެޗްއީއޯސީން ބުނީ ރާއްޖޭގެ މުޅި އާބާދީގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ އަންދާޒާއެއް ކުރަން އެންޓިބޮޑީ ޓެސްޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވަ ކަަމަށެވެ. ފުރަތަމަ މަރުހަލާގައި ސާމްޕަލް ނަގާފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. ދެވަނަ މަރުހަލާގައި ސާމްޕަލް ނަގާނީ 18 އަހަރުން މަތީގެ މީހުންނެވެ.

ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ ސާމްޕަލް ނަގަމުން ދަނީ ރެންޑަމްކޮށް ނެގޭ މީހުންގެ ކަމަށެވެ. އެ މީހުންނަށް އެސްއެމްއެސް އަކުން އެކަން އަންގާނެ ކަމަށާ ސާމްޕަލް ނެގުމުގައި އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އެމްއެސްއެމް މެދުވެރިކޮށް އެންގުމުން ހަވީރު ހަތަރަކާއި ހަތަކާ ދެމެދު އެންޓި ބޮޑީ ސާމްޕަލް ނެގުމަށް ހާއްސަކޮށްފައިވާ ސެންޓަރުތަކަށް ދިއުމަށް އަފްޒަލް އެދިވަޑައިގެންނެވިއެވެ.

އެގޮތުން މާލޭގައި ގައުމީ ޔުނިވާސިޓީ ފެކަލްޓީ އޮފް ހެލްތް ސައިންސަަންސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ހުޅުމާލޭގައި ޖެމްސް ޕްރީ ސްކޫލް އަދި ވިލިމާލޭ ހޮސްޕިޓަލުން ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑްގައި ރާއްޖެއިން 228 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 11,271 މީހަކަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 10,234 މީހުން ވަނީ ބަލިން ރަަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 90 އިންސައްތައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 993 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނީ 38 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 37 މީހަކު ވަނީ މަރުވެފައެވެ.