ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

އަމީނާމެދު އަމަލުކުރި ގޮތުން ޒުލްފާ ކަންބޮޑުވެއްޖެ

ކުރީގެ މިނިސްޓަރު ޑރ. މަަރިޔަމް ޒުލްފާ އަދި ކުރީގެ މިނިސްޓަރު އަމީން
50%
0%
50%

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ މެދު ކަންތައްތައް ވެގެންދިޔަ ގޮތާމެދު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. ޒުލްފާ ވިދާޅުވީ އަމީނަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާ ދިފާއުވާން އެކަށީގެންވާ ފުރުސަތު ނުދޭ ކަމަށެވެ. އަދި އެ ތުހުމަތުތަކާއި ގުޅިގެން އެކަށީގެންވާ މިނިވަން ތަހުގީގެއް ވެސް ނުހިންގާ ކަމަށެވެ.

އަމީން އިސްތިއުފާ ދެއްވީ މަޖުބޫރުކަން ދޭހަވާ މޭރުމުން ޒުލްފާ ވިދާޅުވީ އެންމެންގެ މައްޗަށް ކަންކަން ހިނގަންވާނީ ހަމަހަމަ އުސޫލުން ކަމަށެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވި އެވެ. ނަަމަވެސް ޕީޖީން ވަނީ ހެކި ނެތް ކަމަށް ބުނެ އަނބުރާ ފޮނުވާލާފަ އެވެ.

އޭގެ ފަހުން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ފެނޭތޯ ބެލުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ވަނީ ވޯޓް ނަގާފަ އެވެ. އެ ވޯޓްގައި ގިނަ މެންބަރުން ނިންމީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ނުފެންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ 24 މެންބަރަކު ސޮއިކޮށް އިއްޔެ މަޖިލީހަށް މައްސަލަ ހުށަހެޅި އެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ އެންމެ ފަހުން އަމީން އިސްތިއުފާ ދެއްވީ އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް އަމީން ރައީސަށް ފޮނުއްވެވި ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރާވެރިބޭ

މިނިސްޓަރ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވަނީ ރައީސް އަންގަވައިގެން! އެއީވެސް ވެދާނެ ވަކި ކަހަލަ ސްކްރިލް އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް! ހިތާމަޔަކީ ދައުލަތުގެ ޚަޒާނާއިން އެކަމާއި އެކަށީގެން ނުވާވަރުގެ ފައިސާތަކެއް ބޭރުވަނީ ހަމައެކަނީ އެންމެ ހެލްތްމިނިސްޓަރ ގެފަރާތުންނެއް ނޫންކަން އެނގިވަޑައި ނުގަންނަވާތީ! ކޮބައިތޯ އޮޕަން ބިޑިންއަކާއި ނުލައި އެތެރެއެތެރޭގައި ތިއްބަވާ ޒިއްމާދާރު އިސްވެރިންގެ ތެރެއިން މަޝްވަރާކުރެއްވި ވާހަކަ އޮޑިޓަރޖެނެރަލް އަދި އޭސީސީގެ ލިޔެކިއުންތަކުން ދައްކާ! އޭސީސީގެ ދައުރަކީ ކޮބައިބާ! ކުރުގޮތަކަށް ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވެ ހިންގާ މުޢާމަލާތްތައް ދަނެގަނެ ނާޖާއިޒު ފާއިދާތަކެއް އެއިގެން ޙާސިލް ކޮށްގަންނަން ކުރާ ވައްކަން ބަލައި ތަޙްޤީޤުކުރުން. މިކަންތައް ހުއްޓުވޭނީ ތަންފީޒީ އިދާރާތަކަށް އައްޔަންކޮށްފައި ތިއްބަވާ ބޭކަލުންގެ ފައިސާގެ ދަހިވެތިކަން ކެނޑިގެން. އިސްތިއުފާ ދެއްވަންވީ ހެލްތްމިނިސްޓަރ އެކަނިތޯ؟ ކޮބައިތޯ މާލީވަޒީރު، ކޮބައިތޯ ޕީޖީ. ލަދުންހަލާކު

ފފފ

ކަލޭ ތީ ރިސޯޓުތައް ބަންދުކުރިމީހާ.އެއްވެސް އޮއްޓަރެއް ހުރި މީހެއް ނޫން

އައިމިނާ

މިނިވަން މުއައްސަސާތަކުންވެސް މި މީހުން ބޭނުން ދުވަކަށް ކަމެއް ނުނިމުނުނަމަ "ކަނޑާ ކަނޑާބަންގަޅީސް" ގޮތަށް އެވީ މަޖިލީހުން ވަކިކޮށް ގެއަށްފޮނުވާލަން. ކޮބައިތޯ މިނިވަން މުއައްސަސާ އަކަށްވެފަ. މަޖިލީހުގެ މުއައްސަސާ އަކަށްވަނީ. މަޖިލީހުގެ ގޮނޑިކޮށްކޮ އަކަށްވަނީ.

އައިމިނާ

މި މީހުންނަށް ހީވަނީ ހިތުހުރިގޮތަކަށް ކަންތައްތައް ކޮށްގެން އުޅެވިދާނެޔޭ. ކުޑަކުޑަ ކުދިންތައް ތަންތަނަށް ލައިގެން ވާގޮތް މި ފެންނަނީ. ދުނިޔޭގެ ގައުމުތަކޭ ކިޔާއިރު އެތަންތާ ހިންގުމުގަ ގިނަވާނީ ދުވަސްވީ ހަރުމީހުން. އޯލެވެލް ނިންމާތަނުން މަޖިލީހުން ޖާގަނުދޭނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345