ބަނދަރު ޕްރޮޖެކްޓް

ދެ ރަށެއްގެ ބަނދަރު އަޕްޑޭޓް ދީފި

Oct 22, 2020
ކުޅުދުއްފުށި ސިޓީގެ ބަނދަރު މަސައްކަތް ކުރިޔަށް ދަނީ: މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައި
100%
0%
0%

ދެ ރަށެއްގެ ބަނދަރު މަސައްކަތް ހިނގާ ގޮތުގެ އަޕްޑޭޓްތައް އެ މަސައްކަތް ކުރާ އެމްޓީސީސީން ދީފި އެވެ

މިއަދު އަޕްޑޭޓްކޮށްދީފައި ވަނީ ށ. ކޮމަންޑޫ ބަނދަރާއި ކުޅުދުއްފުށި ސިޓީގެ ބަނދަރުގެ މަސައްކަތެވެ.

ކޮމަންޑޫ ބަނދަރުގެ މަސައްކަތުގައި 89 ޕަސެންޓް ނިމިފައިވާ ކަމަށް ބުނިއިރު މަޝްރޫއުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ 50 ޕަސެންޓާއި ޕޭވްމަންޓް ސަރަޙައްދުގައި ކާބް ލައިން އެޅުމުގެ 79 ޕަސެންޓް ވަނީ ނިންމާފަ އެވެ.

ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތުން ނުނިމި އޮތީ ދެ ޕަސެންޓެވެ. އެ ރަށުގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ވެސް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީން މިހާރު ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ދެ ރަށެއްގައި ކުރާ މަސައްކަތުގެ ތަފުސީލްތައް ޕަސެންޓޭޖުން އާންމު ކުރެ އެވެ. މިއީ އެ ކުންފުނިން އަލަށް ފަށައިގެން އުޅޭ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345