ކޮމަންޑޫ

ކޮމަންޑޫ ބަނދަރުގެ 47 ޕަސެންޓު ނިމިއްޖެ

ށ. ކޮމަންޑޫ ބަނދަރުގެ މަސައްކަތުގެ 47 ޕަސެންޓް ނިންމާލައިފި އެވެ.

ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. ޕްރޮޖެކްޓުގެ މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށް ދަނީ ބަނދަރުގެ ވަށައިގެން ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ. އަދި، މި މަސައްކަތުގެ 47 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. އެ ކުންފުނިން ބުނީ، އީއައިއޭގެ ހުއްދަ ލިބި ބަނދަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު ތެރޭގައި ކަމަށެވެ.

ކޮމަންޑޫ ބަނދަރު ޕްރޮޖެކްޓްގެ ދަށުން ވަށައިގެން 12 މީޓަރުގެ ބްރޭކްވޯޓާ އާއި 20 މީޓަރަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން، ބޭރު ތޮށި ލުމުގެ މަސައްކަތް ކުރެ އެވެ. އަދި ބަނދަރު ސަރަހައްދުގައި މަގު ބައްތި ހަރުކުކޮށް ޕޭމަންޓު ވެސް ހަދާނެ ވެ.

މި ޕްރޮޖެކްޓަށް 29.4 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އެމްޓީސީސީން ވަނީ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ ޕްރޮޖެކްޓުތައް ފަށާފަ އެވެ. މީގެ ތެރެއިން ބައެއް ޕްރޮޖެކްޓުތައް ވޭތުވެދިޔަ ދެތިން މަސް ތެރޭ ނިންމި އެވެ.