ހަބަރު

އުލިގަން ޕްރީބިޑް މީޓިންގައި ބައިވެރި މީހަކު ބަރަހަނާ މަންޒަރުތަކެއް އަޅުވައިފި

Oct 22, 2020
1
0%
0%
0%

ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއުގެ ޕްރީބިޑް މީޓިންގައި ބައިވެރިވި މީހަކު ބަރަހަނާ މަންޒަރު އެޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އާއްމުކޮށް ޕަބްލިކަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހަކު ބަރަހަނާ ވީޑިއޯ އާއި ފޮޓޯތަކެއް އެޅުވި ކަމަށެވެ. އަދި ވަގުތުން ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މީޓިން ކެންސަލްކޮށް، އެ މަންޒަރުތައް ރިމޫކޮށް އަލުން ބާއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބޭރުގެ ބައެއް އިންވެސްޓަރުންނާއި އާއްމުން ބައިވެރި މި ބައްދަލުވުމުގައި ބަރަހަނާ މަންޒަރު ތަކެއް އަޅުވާފައިވަނީ "ނިޔާޒު" ގެ ނަމުގައި ޒޫމް އަށް ވަތް މީހެކެވެ.

"ބޮޑަށް ބެލެވެނީ މި މަޝްރޫއު ހުއްޓުވަން ބަޔަކު ކުރިކަމެއް ކަމަށް،" ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910