ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިނގިރޭސިވިލާތުގެ ރައްކާތެރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ ލައިފި

Oct 22, 2020

ކޮވިޑް-19 ގެ މި ހާލަތުގައި އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ލައިފި އެވެ.

މި ބަދަލާއެކު ރާއްޖެ އަށް އިނގިރޭސިވިލާތުން އަންނަ މީހުން އެނބުރިގޮސް އެ ގައުމުގައި ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.

އިނގިރޭސި ސަރުކާރުން އެ ގައުމުގެ ޓްރެވަލް ކޮރިޑޯ ލިސްޓުގައި ރާއްޖެ ހިމެނުމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކުންފުނި ކަމަށްވާ ކޯނީ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ މަގުބޫލު މަންޒިލު ކަމަށްވާ ރާއްޖެއަށް ދަތުރުކޮށްފައި އެނބުރި ގައުމަށް ގޮސް މިހާރު ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. މިއީ ބޮޑު އުފަލެއްގެ ގޮތުގައި އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ ރައްކާތެރިކަމުގެ ލިސްޓުގައި ހިމެނިއިރު، އެ ގައުމުގެ ގައުމީ އެއާލައިން "ބްރިޓިޝް އެއާވޭސް" އިން ވަނީ މިމަހުގެ 17 އިން ފެށިގެން ރާއްޖެއަށް ދަތުރުވެސް ފަށާފަ އެވެ. އަދި މީގެ ސަބަބުން ޓޫރިސްޓުން އިތުރު ވާނެ ކަމަށް ބެލެވެ އެވެ.