ހަބަރު

ސިފައިންނާއި ފުުލުހުންވަދެ އެމްއެމްޕީއާރްސީން ބައެއް ތަކެތި ގެންގޮސްފި

Oct 17, 2015
1
0%
0%
0%

ވެލާނޭގައި ހުންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އޮފީހަށް ސިފައިނާއި ފުލުހުން ވަދެ އެ އޮފީސް ވެސް ބަލައި ފާސްކޮށް ބައެއް ތަކެތި އެ އޮފީހުން ގެންގޮސްފަ އެވެ.

އެމްއެމްޕީއާރްގެ އޮފީސް ބަލައި ފާސް ކުރި އިރު އެ އޮފީހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކޮށް ފުުލުހުން ވަނީ މިދިއަ ބުދ ދުވަހުގެ ރޭ އެގެއިން ބައެއް ތަކެތި ގެންގޮސްފަ އެވެ.

މީގެ އިތުރުން މިރޭ ވެސް ވަނީ މ. ޝުރާ މަންޒިލަށް ވެސް ފުލުހުން ވަދެ އެގެއިން ވެސް ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފައެވެ. ޝުރާ މަންޒިލްއަކީ ނައިބު ރައީސް އަހުމަދު އަދީބު ކުރިން އުޅުއްވެވި، އަދި އޭނގެ ބޮޑުބޭބެ ގަލްފު ކްރާފްޓްގެ ވެރިޔާ ހާމިދު އިސްމާއީލްގެ ގެއެ އެވެ.

ޒިޔަތަކީ ވެސް އަދީބާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެމްއެމްޕީއާރްސީ އޮންނަނީ ނައިބު ރައީސް ބަލަހައްޓަވަމުން ގެންދަވ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

އެމްއެމީއާރްސީ އަށް މިރޭ ފުރަތަމަ ވަދެފައި ވަނީ ސިފައިންނެވެ. ފުލުހުން އެ އޮފީސް ބަލައި ފާސް ކުރާ ކަމަށް ފުލުހުން ފުރަތަމަ އިންކާރު ކުރުމަށްފަހު އެ އޮފީހަށް ވަނީ އެތަނުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާތާ ގާގްނޑަކަށް ދޮޅުގަޑިއިރުވެސް ވީފަހުންނެވެ. ފުރަތަމަ ސިފައިން ވަނީ 10:30 ގަ އެވެ.

މިރޭ އެމްއެމްޕީއާރްސީ ފާސް ކުރި އިރު ގްރީން ޒޯނެއްގެ ގޮތުގައި އޮންނަ ވެލާނާގެ ހިމެނޭ އެ ސަރަހައްދަށް މީހުން ވެސް އެއްވި އެވެ. އަދި ވަރަށް ގިނަ އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ. ނަމަވެސް ފުުލުހުން ވަނީ ފަހުން އެ ސަރަހައްދަށް ވަދެވެން އޮތް މަގުތައް ބެރިކޭޑް ޖަހައި ބަންދުކޮށްލާފައެވެ. މީގެ އިތުރުން މާލޭގެ ސްޓެލްކޯ އާއި ފެންކުންފުނި ފަދަ ތަންތަނުގައި ސިފައިން ގެންދަނީ ފޯރިމަރަމންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަސަން

ކޮބާ ނިމުނީ. ކަޑަ. /:

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345