ހަބަރު

އެމްއެމްޕީއާރްސީއަށް ވަދެވެނީ ފުލުހުން ހުއްދަދޭ ބަޔަކަށް

Oct 18, 2015
1
އެމްއެމްޕީއާރްސީ ހުންނަ ވެލާނާގޭގެ ކައިރީގައި ފުުލުހުން: އެ އޮފީސް ވަނީ ފުލުހުން ބަންދުކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އެ އޮފީސް މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ އޮފީހަށް ވަދެވޭނީ ވަނުމަށް ފުލުހުން ހުއްދަދޭ ބަޔަަށް އެކަނި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެމްއެމްޕީއާރްސީ ގެންދިޔައީ މިދިއަ ހުކުރު ދުވަހުގެ ރޭ ސިފައިންނާ ފުލުހުން ވެލާނޭގައި ހުންނަ އެ އޮފީހަށް ވަދެ ބަލައި ފާސް ކުރުމަށް ފަހު ބައެއް ތަކެތި ވެސް އެ އޮފީހުން ގެންދިއުމަށްފަހު އެވެ. އެ އޮފީސް ބަންދުކޮށްފައިވާއިރު ފުލުހުން ގެންދަނީ އެ އޮފީސް ކައިރީފައި ފޯރިވެސް މަރަމުންނެވެ.

އެމްއެމްޕީއާރްސީގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދު ހެނދުނު އޮފީހަށް ދިޔަ އެވެ. ނަމަވެސް އޮފީހަށް ވަދެވޭ ގޮތް ނުވުމުން މުވައްޒަފުން އަނބުރާ ގެއަށްދިޔައީ އެވެ.

އެމްއެމްޕީއާރްސީ ބަންދު ކުރި އިރު އެ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅީގައި ފޯނު އަޑު އަހާ އަލާތްތަކާއި މީހުންގެ އީމެއިލް ހެކްކޮށް ރައްކާކޮށްފައިވާ މައުލޫމާތު ހުރި ކަމަށް އެގެ ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު މިއަދު އޭނާ ފުލުހަށް ވެސް ހާޒިރު ކުރެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345