ހަބަރު

ޒިޔަތު ފުލުހަށް ހާޒިރު ކުރާނީ މެންދުރުފަހު 3 ޖަހާއިރު

Oct 18, 2015
1
0%
0%
0%
  • އެމްއެމްޕީއާރްސީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި
  • ފާސް ކުރި ރެއިން ފެށިގެން އެތަން ބަލަހައްޓަނީ ފުލުހުން
  • އެމްއެމްޕީއާރްސީ ބަންދުކޮށްފައި
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަނަސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ފުލުހަށް މިއަދު ހާޒިރު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޒިޔަތު ހާޒިރު ކުރާ ގަޑިއެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ޒިޔަތު ޕޮލިހަށް ހާޒިރުވާން ޗިޓް ފޮނުވާފައި ވަނީ މިއަދު މެންދުރު ފަހު 3:00 ޖަހާއިރަށް ކަމަށް ވަނީ ކަށަވަރުވެފަ އެވެ.

ޒިޔަތުގެ ޕާސްޕޯސްޓް ހިފަަހައްޓައި އޭނާ ފުލުހަށް ހާޒިރު ވާން ޗިޓް ފޮނުވީ އިއްޔެ އެެވެ. ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ޒިޔަތުގެ ޕާސްޕޯސްޓް މިއަދު ހިފައްޓައި އޭނާ ފުލުހަށް ހާޒިކުރާއިރު މިދިއަ ބުދަ ދުވަހުގެ ރޭ ވަނީ އޭނާ ދިރިއުުއްވާ ހ. ހިޔާކޯޅި އަށް ފުުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހިނގަމުން އަންނަ އެމްއެމްޕީއާރްސީއަށް ފުުލުހުންނާއި ސިފައިން ވަދެ އެ އޮފީސް ވެސް ވަނީ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ.

ޒިޔަތު ދިރިއުޅުއްވާ ހިޔާކޯޅި ބަލައި ފާސްކުރީ ބަލައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން މީހުންގެ ފޯނުކޯލްތައް އަޑުއަހާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ އާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ހުރެގެނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345