ހަބަރު

އިންޑިއާގެ އެހީގައި 10 ރަށެއްގައި ޕާކް އަޅަނީ

އުތުރުގެ 10 ރަށެއްގައި އިންޑިއާ ސަރުކާރުގެ އެހީގައި ޕާކް އަޅަން ނިންމައިފި އެވެ.

ޔޫތު މިނސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރުގެ 10 ރަށެއްގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕާކް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޕާކް އަޅަން ނިންމާފައިވާ ރަށްތަކަކީ ހދ. ނާވައިދޫ، ށ. ޅައިމަގު، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ބިލެތްފަހި، ށ. ފޭދޫ، ނ.މާފަރު އަދި ނ.ފޮއްދޫ އެވެ.

މި މަސައްކަތް ފަށާނެ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ނިންމައި ބައެއް ރަށްތަކުގައި މި މަސައްކަތް ކުރުމަށް ކުންފުނިތަކާވެސް ހަވާލު ކޮށްފަ އެވެ. އެގޮތުން މިދިޔަ ޖުލައި މަސްތެރޭގައި އުނގޫފާރު ކުޑަކުދިންގެ ޕާކު ތަރައްގީކޮށް ބެލެހެއްޓުން އާރްއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ހަވާލު ކޮށްފަ އެެވެ.