ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިޔަވަތި

ފިޔަވަތިން ޕޮޒިޓިވްވި އަދަދު 38 އަށް

ކުޑަކުދިން ބަލަހައްޓާ ފިޔަވަތިން ޕޮޒިޓިވްވީ މީހުންގެ އަދަދު 38 އަށް އަރައިފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ ތެރެެއިން 20 މީހުންނަކީ އެތަނުގެ މުވައްޒިފުން ކަމަށެވެ. ދެން ހިމެނެނީ 18 ކުދިންނެވެ. އެ ތަނުން އެންމެ ފަހުން ދެ މީހަކު ޕޮޒިޓިވްވީ އިއްޔެ އެވެ. އެޗްއީއޯސީން ބުނީ އެ ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވުމުގެ ސަބަބުން އެކަހެރިކޮށްފައިވާ ދެ މީހުން ކަމަށެވެ.

މިހާތަނަށް ޕޮޒިޓިވްވި 38 މީހުންނާ ކޮންޓެކްޓްވި 80 މީހަކު ވަނީ އެކަހެރިކޮށްފައެވެ.

ފިޔަވަތީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މީހާއަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ.