ހަބަރު

ފޭރުނު ދެ މީހަކު ހިތަދޫން ހައްޔަރު ކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި ފޭރުނު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ކަމަށެވެ. މި މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ދެމީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެމީހުން ހައްޔަރުކޮށް ފޭރުނު ކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ މިހާރު ވަނީ ހަވާލު ކޮށްފަ އެވެ.